ނަސްވާ ހަސަން
08 July 2019
މަޤްބޫލު ޙަބަރު

ވެރިކަން ލިބުމުން މިހާރުގެ ސަރުކާރުން އެހެން ގައުމުތަކާއެެކު ހަދާ ހުރިހާ އެގްރިމެންޓުތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ކާނިވާ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ މެމްބަރު މުހައްމަދު ނިހާދެވެ.

ނިހާދު ވިދާޅުވީ، އެމައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ ގައުމީ ސަލާމަތައް ނުރައްކާވާ ވާހަކަތަކައް ވާތީ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެގްރިމަންޓްތައް ބާތިލް ކުރުމުން ދައުލަތް ދަރާފައިވާ ކަމަށާއި އަނެއްކާ އެފަދަ ޖަރީމާތައް ހިންގާނެ ކަމަށް ވިދާޅުވުމަކީ ކަންބޮޑުވުމެއް ކަމަށްވާއިރު އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބެލުމަށް ވެސް ނިހާދު ވަނީ އެދިވަޑައިގެންފަ އެވެ.

އެގޮތުން ކުރީގެ ސަރުކާރުގައި ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރުކޮށް، ސަރައްހައްދުގެ ހަމަނުހެގުންމަށް ބުރޫއަރާ ޒާތުގެ ކަންކަން އެމަނިފާނު ކޮށްފައިވާ ކަމަށްވެސް ނިހާދު ވިދާޅުވި އެވެ.

 އަދި އެ މައްސަލަ ބަލައިގަތުމަށް ވަނީ 54 މެމްބަރުންގެ ވޯޓުން ފާސްވެފައެވެ.

މައްސަލަ ހުށަހެޅެއްވުމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު، މުހައްމަދު ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި އަމިއްލަ ކުންފުނިތަކަށް ބަދަލު ދިނުމަށް ކޯޓުތަކުން އަންނަނީ ހުކުމް ކުރަމުން ކަމަށާއި މިހާރުވެސް ބައެއް މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©