ނަސްވާ ހަސަން
08 July 2019
މަޤްބޫލު ޙަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ “ރިވެލި އެވޯޑް” 21 މީހަކަށް މިއަދު ދީފި އެވެ.

މިއަދު އިސްލާމިކް މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އެފަދަ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި އަޅާލުން ދިނުން ކަމަށާއި އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން ތައުލީމާއި މަސައްކަތް އުނގަންނައިދިނުމުގެ ދާއިރާއިން ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައި ކަމަށެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންދޭ އެވީޑެކެވެ.

ރިވެލި އެވޯޑް ހާސިލްކުރި ފަރާތްތައް

– އަލްހާފިޒު އަހުމަދު ނަބީހު އަބްދުލްޤާދިރު، މާބަގީޗާގެ، ލ.މާވައް

– މަރްޔަމް ނޫރާ ރަޝާދު، މއ.ސެނަކާ

– ފާތިމަތު އިބްރާހީމް، ކާނިމާގެ، ޅ.ހިންނަވަރު

– އަބްދުﷲ ޟިޔާއު، ދެވެލި، ސ.މަރަދޫ

– ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް

– އަހުމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް

– މަރިޔަމް ލުމައިހާ އާދިލް، މ.ސާނިޔާ

– އަލްހާފިޒު އަލީ އަމްޖަދު، ރަބީއު، ހދ.ކުޅުދުއްފުށި

– ޝަފީނާޒް ސައީދު، ހީނާމާގެ، ގއ.ކޮލަމާފުށި

– ރަޙުމާ އީސާ، ހ.ފިލްމީ ސައިޓް

– ދިމްނާ ފާކިރު، ގުލްދަސްތާގެ، ސ.ފޭދޫ

– ނަޙްވާން ޔޫސުފް، ތަންހަޅިއާގެ، ޅ.ނައިފަރު

– މުހައްމަދު ރައިޝާން އަހުމަދު، ހުސްނޫވިލާ، މ.މުލައް

– އަޔާން އާލް ބިން އަޙްމަދު ނާސިރު، މ.އަބާނާ

– މުޙައްމަދު ނިޔާފް، ލޫބިޔާ، ލ.ފޮނަދޫ

– ވަސްމީ ވަހީދު، ސޯސަންމާގެ، ބ.ތުޅާދޫ

– ޢަލީ އަމީން، ގ.ރަންރީދޫގެ

– މޯލްޑިވްސް އޯޓިޒަމް ސެންޓާ

– ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް

– ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

– ރޭޑިއޯ އެޓޯލް

Leave a Reply

Your email address will not be published.

haftha.mv ©