• Mon, 13 July, 2020, 1:32 pm

    ރާއްޖެއާއި އިންޑިއާ ދެމެދު ހަދާ މުއާހަދާއަށް މަޖިލީހުން ރުހުން ދީފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share
    ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ގޮތުން ރާއްޖެއާއި އިންޑިއާ ދެމެދު ހަދާ މުއާހަދާގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން މިއަދު ފާސްކޮށްފި އެވެ.

    އެގޮތުން “މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް ޓްރީޓީ”ގައި ބައިވެރިވުމަށް ހަދާ މުއާހަދާއަށް ރުހުން ދޭން ފާސްކުރީ 76 މެމްބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުން އެވެ. ދެކޮޅަށް ވޯޓްދެއްވީ 11 މެންބަރަކެވެ.

    އެ މުއާހަދާގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބުރުއަރީ މަސްތެރޭގައި ނިންމިއިރު، އެ މުއާހަދާއަށް ރުހުން ދިނީ ސަރުކާރުން ފޮނުވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

    ރާއްޖޭގެ ފަރާތުން އެހެން ގައުމަކާއެކު މިފަދަ މުއާހަދާއެއްގައި ސޮއި ކުރާ ފުރަތަމަ ފަހަރަށް ކަމަށްވާއިރު، ގާނޫނު އަސާސީގައި ބުނާގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާގޮތެއްގެ މަތިންނެވެ.

    އެ މުއާހަދާގައިވާ ގޮތުގައި ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

    އަދި ޓެރަރިޒަމާއި ޓެރަރިޒަމް ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އަދިވެސް އެހެނިހެން ޖިނާއީ ކުށްތަށް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އާއި ތަހުގީގު ކުރުމާއި ޝަރީއަތްކުރަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވެދިމާއި، އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އެތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މަސައްކަތްތަކުގައި އެހީތެރިވުމާއި މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.

    އޭގެ އިތުރުން މައްސަލަތަކުގައި ހިނގާ ހަރަދުތައް ކުރަން ޖެހޭނީ، އެ ހުށަހެޅުމެއް ހުށަހަޅާ ގައުމަކުން ކަމަށާއި މައްސަލައާ ގުޅޭގޮތުން ހޯދަން ޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީޙުންނާ ސުވާލުކުރުމުގެ ފުރުސަތު ފުޅާވުން މުއާހަދާގައި ހިމެނެއެވެ.

    މި މުއާހަދާއާއި ބެހޭގޮތުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރާތީ، އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައި ވަނ،ީ މި މުއާހަދާގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީއާއި ގާނޫނީ ނިޒާމުގެ ތެރެއިން ލިބިދީފައިވާ ހައްގެއް ނުގެއްލޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.