މުޙައްމަދު އަންވަރު
08 July 2019
މަޤްބޫލު ޙަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އޭނާގެ މައްސަލަ ބައްލަވާ ތަހުގީގު ކޮމިޓީއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިއްޖެ އެވެ.

މިއަދު ބޭއްވި ޖޭއެސްސީ ބައްދަލުވުމުގައި ވަނީ ފަނޑިޔާރު ދީދީގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ކޮމެޓީއިން ހުށަހެޅި ރިޕޯޓް ބަލައިގަތުމަށް ނިންމައިފަ އެވެ. އަދި ފަނޑިޔާރު ދީދީގެ މައްސަލަ ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ ފަނޑިޔާރު ދީދީ ވަކި ކުރަން މަޖިލީހަށް ހުށަހެޅުމަށެވެ.

އެ ރިޕޯޓަށް ޖަވާބުދާރީވުމަށް  ފަނޑިޔާރު ދީދީއަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް މިއަދު ބައްދަލުވުމުގައި ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

ފަނޑިޔާރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެކަމާ ގުޅޭ ގޮތުން ޖޭއެސްސީގެ ބައްދަލުވުމެއްގައި ގޮތެއް ނިންމުމުންނެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ޖޭއެސްސީ އަށް ވަނީ ހުށަހެޅިފައިވެއެވެ. އޭގެތެރެއިން މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި އޭނާއާ ގުޅޭގޮތުން ފާހަގަވެފައިވާ ކަމަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©