މުޙައްމަދު އަންވަރު
08 July 2019
މަޤްބޫލު ޙަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭ ގެއެއްގެ ތެރެއަށް ފުލުހުން ވަދެ، ދެމީހަކަށް އަނިޔާ ކުރި މައްސަލައިގައި ހިމެނޭ 7 ފުލުހުން ވަޒީފާއިން ސަސްޕެންޑު ކޮށް ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވީޑީއޯއިން ފެންނަ އޮޕަރޭޝަނުގައި ފުލުހުންގެ 7 މީހަކުވެގެން އަނިޔާކޮށްފައި ވަނީ ބަންގްލަދޭޝްގެ 36 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެފަދަ ކަންކަމަކީ ފުލުހުންގެ “ކޯޑް އޮފް އެތިކްސް” އަދި “ކޯޑް އޮފް ކޮންޑަންޓް” އަށް ނުފެތޭ ކަމެއް ކަމަށާއި އެ މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހަޅުއްވާއިފައި ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމީދު ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް ގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އެ މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅުއްވާފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައަކީ ޖިނާއީ މައްސަލއެއްގެ ގޮތުގައި ބެލުމަށް ފުލުހުންގެ ތެރެއިން ޓީމެއް ހަމަޖައްސައިފައި ވާކަމަށް ވެސް ބަޔާނުގައި ވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި، މާލޭ ގެއެއްގެ ތެރޭގައި ހުރި މީހަކަށް އަނިޔާ ކުރުމުގައި ބައިވެރިވެފައިވަނީ ހަތަރު ފުލުހެކެވެ. ވީޑިއޯގައި އެ މީހާގެ ގައިގާ ކޮޅުފައިން ޖަހައި ފާރަށް ބާރަށް ކޮށްޕާލައި ބިންމައްޗަށް ވައްޓާލަން ވަރަށް ރީތިކޮށް ފެންނައިރު ގޮއްމުއް ކިޔާފައި އޭނާގެ ގައިގަ އާއި މޫނުގައި ތަޅާތަން ވެސް ފެނެ އެވެ.

އަދި އެކަމުގައި ބައިވެރިވި އެއް އޮފިސަރަކު އެ މީހާގެ އަތް އޮބަހައްޓައި ގަލެއް ކަމަށް ބެލެވޭ އެއްޗަކުން އަތުގައި ތިން ވަރަކަށް ފަހަރު ޖަހާތަން ވެސް ފެނެ އެވެ. ނަމަވެސް އެ ވީޑިއޯއިން އެ މީހާގެ ފަރާތުން އެއްވެސް ދެކޮޅު ވެރިކަމެއް ފެންނަ ތަނެއް ނުފެނެ އެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައި ފާސްކުރަން ވަތް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ އޮފިސަރުންތަކެއް އެ ގޭގައި ހުރި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ފެނިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©