މުޙައްމަދު އިބްރާހިމް
09 July 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ރަށަކުން ބޮޑު އަގުގައި ވިއްކާލި ތުއްތު ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

“ހަފްތާ” އަށް ކަށަވަރު ވެފައިވާ ގޮތުގައި، އުމުރުން އެއް އަހަރުގެ އެ ކުއްޖާ ވިއްކާލާފައިވަނީ ދެކުނުގެ ރަށަކުން މެދު ރާއްޖެތެރޭގެ ރަށެއްގެ ދެމަފިރިއަކަށެވެ. ކުއްޖާ ވިއްކާލާފައިވަނީ 30،000 ރުފިޔާއަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އިތުބާރު ހުރި މަސްދަރަކުން ހަފްތާއަށް މައުލޫމާތުދިން މީހަކު ބުނި ގޮތުގައި، އެކުއްޖާ ގަނެފައިވަނީ ދަރިއަކު ހޯދަން ވަރަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުންދިޔަ ދެމަފިރިންނެވެ. އަދި އެ ކުއްޖާ ބަލައި އެ ކުއްޖާގެ މަންމަގެ ގާތަށް ދިޔައީ ވެސް އެ ދަމަފިރިން ކަމަށްވެ އެވެ.

ނަމަވެސް މިހާރު އެކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ދިން މަސްދަރުން ކަށަވަރު ކޮށްދެއެވެ.

އެކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ކުޑަކުއްޖެއް ވިއްކާލި ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިވަގުތު އެކަމާ ގުޅޭ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ވެސް އެ އިދާރާއިން މީޑިއާއަށް ވަނީ އަންގައިފަ އެވެ.

Leave a Reply

Your email address will not be published.

  1. ކާކު އުފުއްލި މަސައްލަޔަކުންތޯ ޖެންޑާ މިނިސްޓްރީން އެކުއްޖާ ގެންދިޔައީ؟ތަންކޮޅެއް ތަފްސީލުކޮއް ހަބަރު ލިޔުން މުހިންމު.

haftha.mv ©