ނަސްވާ ހަސަން
09 July 2019
މަޤްބޫލު ޙަބަރު

އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލަށް އައްޔަން ކުރެއްވި ތިލްމީޒާ ހުސެއިން، ސަފީރު ކަމުގެ ފަތްކޮޅުގެ ރަސްމީކޮށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަރުވައިފި އެވެ.

އެ ރަސްމިއްޔާތު ބޭއްވީ އިއްޔެ ވައިޓް ހައުސްގަ އެވެ. ތިލްމީޒާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެމުންގެންދާ އެއްބާރުލުމަށް އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ތިލްމީޒާ މިހާތަނަށް ހުންނެވީ ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމުގަ އެވެ.

އޭގެ އިތުރުން އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިއުޓީ އެމްބެސެޑަރުކަން ވެސް ތިލްމީޒާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ.

އެގޮތުން ތިލްމީޒާ ވެގެންދަނި ރާއްޖެއިން އެމެރިކާއަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©