ނަސްވާ ހަސަން
09 July 2019
މަޤްބޫލު ޙަބަރު

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވެ، ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބެހުމަށް ނިންމައިފި އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ރޭ ހޮޓެލްޖެންގައި ބޭއްވިއިރު، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 97.80 ޕަސެންޓު ހިއްސާދާރުންގެ ވޯޓާއެކު، މިދިޔަ އަހަރު ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ވަނީ ފާސްކޮށްފަ އެވެ.

އެމްޓީސީން އާންމުކުރި އަހަރީ ރިޕޯޓުގައިވާގޮތުގައި، ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީގެ ސާފު ފައިދާއަށް މިދިޔަ އަހަރު ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ ކަމަށެވެ. އަދި 2017 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަަހަރާ އަޅާ ބަލާއިރު 111 މިލިއަން ރުފިޔާ ވަނީ ދަށްވެފައި އެވެ.

ތަފްސީލް އަންނަނީ..

Leave a Reply

Your email address will not be published.

haftha.mv ©