ނަސްވާ ހަސަން
09 July 2019
މަޤްބޫލު ޙަބަރު

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން ފުވައްމުލަކުން ގެއްލިފައިވާ މުހައްމަދު ޝަފީއުގެ މައްސަލަ ބެލުމަށް، ވީނުއީއެއް ނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އޭނާ ގެއްލުނީ 2017 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ، އޭނާގެ އަންހެނުންގެ ގެއިން ރޭގަނޑު ކެއުމަށް ފަހު 9:30 އެހާކަންހާއިރު އޭނާގެ މަންމަމެން ގެއަށް ދާން ނުކުތް ފަހުން، ފުވައްމުލަކު ދޫޑިގަމް އަވަށުންނެވެ.

ރޭ މީހަކު ވަނީ އެ މައްސަލަ އަލުން ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދި ޓުވީޓެއް ކޮށްފައެވެ. އެގޮތުން ވީނުއީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އެ ޓުވީޓަށް ޖަވާބު ދެމުން ބުނީ މިހާރު އެ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އަންނަކަމަށާއި އެ މައްސަލައިގެ ހަގީގަތް ހޯދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ޝަފީއު ގެއްލުނު ފަހުން އާއިލާއިން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އޭނާ ހޯދުމުގެ މަސަތްކަތުގައި ގެއްލުނު ދޫޑިގަމް އަވަށާއި އެ ސަރަހައްދުގެ މޫދުގެ ބޮޑު ބައެއް ވެސް ވަނީ ބަލައިފައެވެ.

ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް މިއަދާއި ހަމައަށްވެސް ލިބިފައި ނުވާއިރު، ޝަފީއު އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©