މުޙައްމަދު އިބްރާހިމް
09 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ޗިޓް ފޮނުވައިފި އެވެ.

އެނގިފައިވާ ގޮތުގައި، ދެ ބޭފުޅުންނަށް ވެސް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ މިއަދު އެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ މައްސަލާގައި މަނީ ލޯންޑާރ ކުރި ކަމުގެ ތުހުމަތުގެ ޝަރީއަތުގެ އަޑުއެހުމަކަށް އިދިކޮޅު މައި ލީޑަރު ރައީސް ޔާމީން ހާރިޒުވާން އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށެވެ.

އަދި އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ހަމަ އެދުވަހުގެ ހެނދުނު 9:30 އަށެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

ނަމަވެސް މާދަމާ އޮތީ އެ މައްސަލައިގެ އަޑު އެހުމެއް ކަމެއް އަދި ނޭނގެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©