މުޙައްމަދު އިބްރާހިމް
09 July 2019
މަޤްބޫލު ޙަބަރު

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ފުލުހުން ހާމަ ކޮށްފި އެވެ. އޭނާ ރާއްޖެ މި ގެންނަނީ އަމިއްލައަށް ހަވާލުވިތާ ދެ މަހާއި ނުވަ ދުވަސް ފަހުންނެވެ.

ފުލުހުން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނީ، 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ލުތުފީ، ފުލުހުުންގެ ޓީމެއްގެ ބެލުމުގެ ދަށުން މިރޭ ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ގެނައުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި ރާއްޖެ އަންނަ އެމިރޭޓްސް ފްލައިޓް އީކޭ653 އިންނެވެ.

ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދު ކޮށްލި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރި އެވެ.

އަދި އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް 2010 ޖަނަވަރީ 16 ވަނަ ދުވަހު އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ލުތުފީ ފުރުވާލި އެވެ. އޭގެ ފަހުން ނުވަ އަހަރު ވަންދެން އޭނާގެ އެއްވެސް ހަބަރެއް ނުވެ ހުރެފައި، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އޭނާ ވަނީ އަމިއްލައަށް ހަވާލުވެފަ އެވެ.

މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ އެމްބަސީއާ ހަވާލުވިއިރު މިހާރު ވެސް މިއަދާ ހަމައަށް ވެސް އޭނާ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ލަންކާގަ އެވެ.

އިތުރު ތަފްސީލް އަންނަނީ ..

Leave a Reply

Your email address will not be published.

haftha.mv ©