ނަސްވާ ހަސަން
10 July 2019
މަޤްބޫލު ޙަބަރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އޭނާގެ ނަން އިއްވުމުން މަޖިލިހުގެ ތަޅުމުން ދެންމެ ނުކުންނަވައިފި އެވެ.

މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާ ފެށުމަށްފަހު ރިޔާސަތުން އިއުލާން ކުރެއްވުމުން ޖާބިރު ނިޒާމީ ނުގުތާއެއް ނަންގަވާ، އޭނާ ކުރެއްވީ ރައީސް ނަޝީދަށް ސުވާލެކެވެ.

“އިއްޒަތްތެރި މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ފަހުގައި ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވިތޯ؟”

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ތިއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށާއި އިށީންދެ ވަޑައިގަތުމަށެވެ. ނަމަވެސް ޖާބިރު ކޯފާވެ ވާހަކަ ކުރިއަށް ގެންދެވިއެވެ.

އަދި ރައީސް ނަޝީދު ވަނީ، ޖާބިރަށް އިށީނުމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވައިފަ އެވެ. ނަމަވެސް ޖާބިރު އަޑުގަދަ ކުރައްވާ މަޖިލީހުގެ ރިޔާސަތު ގެއްލުވާމުން، ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވައި، ޖާބިރު ތަޅުމުން ބޭރަށް ނެރުމަށް މަޖިލީހުގެ ސާޖެންޓް އެޓް އާމްސްއަށް އަންގަވާފަ އެވެ.

އަދި ޖާބިރު ތަޅުމުން ބޭރުކުރުމަށް ސާޖެންޓް އެޓްއާމްސްއާ މަސައްކަތް ކުރުމުން ޖާބިރު ވަނީ ރިޔާސަތުގެ މޭޒުގެ ކައިރިއަށް ވަޑައިގެން ވެސް އަޑުގަދަކުރައްވައިފަ އެވެ. އެއަށްފަހު ޖާބިރު ވަނީ  ސާޖެންޓް އެޓް އާމްސްއާ އެކު ތަޅުމުން ނިކުންނަވައިފަ އެވެ.

މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ރިޔާސަތުން ނަން އިއްވައި ތަޅުމުން ބޭރުކުރި ފުރަތަމަ މެމްބަރެވެ.

Leave a Reply

Your email address will not be published.

haftha.mv ©