ނަސްވާ ހަސަން
10 July 2019
މަޤްބޫލު ޙަބަރު

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ 12 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލް ޖުމްހުރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މި ބޭފުޅުންނަކީ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ 12 ބޭފުޅުން ކަމަށާއި އެ ނަންތައް ދިރާސާކުރުމަށްފަހު އެ ބޭފުޅުނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ 5 ބޭފުޅަކު ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި، ކަނޑައެޅުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

 ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 12 ނަން:

1. އަލްއުސްތާޒާ ފާތުމަތު އަނޫލާ ގ. ވަޑިނޮޅުގެ

2. އާރިފް ރަޝީދު ބ. ތުޅާދޫ ބާޑްވިލާ

3. ޒީނިއާ އަބްދުﷲ ހއ. ބާރަށް މަދޮށިމާގެ

4. އިބްރާހިމް ޝަކީލް 3654 ދަފްތަރު

5. އައިޝަތު އަބުދުﷲ ޅ. ހިންނަވަރު ރޯލްގޯލްގެ

6. މަރިޔަމް ޝިއުނާ ސ. ހިތަދޫ ނެދުންގެ

7. މުޖުތަބާ ހަމީދު ރ. ކަނދޮޅުދޫ ދީފުރަމްގެ

8. އަލީ އަޝްރަފް 3366 ދަފްތަރު

9. މަރިޔަމް އަހުމަދު ގ. ޓްރަސްޓްހޯމް

10. ނިޔާޒް އިބްރާހިމް ގދ. ތިނަދޫ ބްރޫމް

11. އަލްއުސްތާޒު އަބުދުﷲ ފ. މަގޫދޫ ތަރްވިލާގެ މިޒްއާން

12. އަލްއުސްތާޒު އާދަމް ޝާމިލް ތ. ވިލުފުށި ރަތްވިލާގެ

މި ނަން ފުޅުތަކާއި ރައީސުލް ޖުމްހޫރިއްޔާގެ ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް އިއްވުމުން އެނަންތައް ދިރާސާކުރުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©