ނަސްވާ ހަސަން
10 July 2019
މަޤްބޫލު ޙަބަރު

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސުލޫކީ ދެ މައްސަލައިގެ ތަހުގީގު އަޑުއެހުމެއް، އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން ރޭ ބުނިގޮތުގައި ތަހުގީގުގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:45 ގައި ކަމަށާއި ޖަލްސާ އޮންނާނީ އެކޮމިޝަންގެ އޮފީސް ހިންގަމުން ގެންދާ ޕޯސްޓް ބިލްޑިންގ ހަ ވަނަ ފަންގިފިލާގައި ކަމަށެވެ.

އޭގެ އިތުރުން ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައިގެ ތަހުގީގުތައް ހުޅުވާލައިގެން ކުރިއަށްގެންދަން ކޮމިޝަނުން ނިންމާފައި ވަނީ ސައީދު އެދިވަޑައިގެންނެވުމުން ކަމަށާއި އޭގެ އިތުރު އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތަކަށް ފުރުޞަތު ދޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޫންމަހުގެ 12 ވަނަ ދުވަހުން ފެށިގެން ސައީދު ވަނީ އެ ސުލޫކީ މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑްކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©