ނަސްވާ ހަސަން
10 July 2019
މަޤްބޫލު ޙަބަރު

ކ. ދިއްފުށީގައި ދަރިފުޅަށް ވަޅިން ބިރު ދެއްކި މައްސަލައެއްގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

އެ ހާދިސާގެ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަނީ ކުޑަ ކުއްޖެއްގެ ކޮޑަށް އަތް ވައްޓާލައިގެން ފިރިހެނަކު އިންނަ ތަނެވެ. އަދި އެ ފިރިހެން މީހާގެ އަތުގައި ބޮޑު ވަޅިއެއް އޮންނަތަން ފެނެ އެވެ.

އެ މައްސަލައާ ގުޅިގެން އެކަން ހިނގި ކައުންސިލުން “ހަފްތާ”އަށް ބުނީ، އެއީ އިއްޔެ ހިނގި ހާދިސާއެއް ކަމަށެވެ. އަދި އާންމުވެފައިވާ ފޮޓޯތަކުގައި އިން ކުޑަ ކުއްޖަކީ ވަޅި ހިފައިގެން ހުރި ފިރިހެން މީހާގެ ދަރިއެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

އަދި އެ މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

ހަފްތާއަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ދިއްފުއްޓަށް ގޮސް، ވަޅިން ބިރުދެއްކި ބައްޕަ ވަނީ ހައްޔަރު ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©