ނަސްވާ ހަސަން
10 July 2019
މަޤްބޫލު ޙަބަރު

ކ. ދިއްފުށީގެ ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި ދަރިފުޅަށް ވަޅިން ބިރުދައްކާ އާއިލާ މީހުންނަށް ތޫނު އެއްޗަކުން ހަމަލާދީ ބިރުދައްކާފައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އިއްޔެގެ ވަގުތުގައި ހިނގި ހަމަނުޖެހުމެއްގައި އަމިއްލަ ދަރިފުޅަށާއި، އާއިލާ މީހުންނަށް ތޫނު އެއްޗަކުން ހަމަލާދީ ބިރުދެއްކި ކަމަށެވެ.

އަދި މި މައްސަލައިގަ ތުހުމަތުކުރެވޭ ދިވެހި ފިރިހެންމީހާ ވަނީ ރޭ 22:36 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގެ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަނީ ކުޑަ ކުއްޖެއްގެ ކޮޑަށް އަތް ވައްޓާލައިގެން ފިރިހެނަކު އިންނަ ތަނެވެ. އަދި އެ ފިރިހެން މީހާގެ އަތުގައި ބޮޑު ވަޅިއެއް އޮންނަތަން ފެނެ އެވެ.

އެ މައްސަލައާ ގުޅިގެން އެކަން ހިނގި ކައުންސިލުން “ހަފްތާ”އަށް ބުނީ، އެއީ އިއްޔެ ހިނގި ހާދިސާއެއް ކަމަށެވެ. އަދި އާންމުވެފައިވާ ފޮޓޯތަކުގައި އިން ކުޑަ ކުއްޖަކީ ވަޅި ހިފައިގެން ހުރި ފިރިހެން މީހާގެ ދަރިއެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

މިކަކުގެ އިތުރު ތަފްސީލެއް އަދި ހާމަ ނުކުރާއިރު، ޖެންޑާއާއި ފުލުހުން ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©