މުޙައްމަދު އިބްރާހިމް
10 July 2019
މަޤްބޫލު ޙަބަރު

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާ ގުޅޭ މައްސަލަތަކެއް ބަލަން ފަށައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، އެ ކޮމިޝަނުން ތަހުގީގު ކުރަން ފަށާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފާ ބެހޭގޮތުން ހުށަހެޅިފައިވާ ދެ ޝަކުވާއެއް ކަމަށެވެ.

އެގޮތުން އެ ބޭފުޅުންނާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ތަހުގީގުކުރުމަށް ހަތް މެންބަރުންގެ ކޮމިޝަނެއް ވެސް ޖޭއެސްސީން މިއަދު ވަނީ އެކުލަވާލައިފަ އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

ކޮމިޝަންގެ ނައިބް ރައީސް މަސްތޫރު ހުސްނީ

ކޮމިޝަންގެ މެންބަރު އަބްދުއްރަހައޫފު އިބްރާހިމް

ކޮމިޝަންގެ މެންބަރު މުހައްމަދު އީސާފުޅު

ކޮމިޝަންގެ މެންބަރު ހިސާން ހުސެއިން

ކޮމިޝަންގެ މެންބަރު އަބްދުލްހަންނާން އަހްމަދު

ކޮމިޝަންގެ މެންބަރު ޑރ. އަލީ ޝަމީމް

ކޮމިޝަންގެ މެންބަރު އިބްރާހިމް ރިފްއަތު

ޖޭއެސްސީން ބުނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތައް އެކަން ތަހުގީގުކުރުމަށް އެކުލަވާލި ކޮމެޓީން މިހާރު ފަށައިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©