މުޙައްމަދު އިބްރާހިމް
10 July 2019
މަޤްބޫލު ޙަބަރު

ފުލުހުން ބުނީ، ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ބަގީޗާ ހިނގުމުގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ގޯންޏެއް ވެއްޓުނު ކަމުގެ ރިޕޯޓެއް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 5:25 ހާއިރު ކަމަށެވެ.

އެ ހާދިސާގައި މަރުވެފައިވަނީ އެ ކޮންސްޓުރަކްޝަން ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 24 އަހަރުގެ ބަންގުލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ބުނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވި ކަމަށެވެ. އަދި އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

ސިމެންތި ގޯންޏެއް ވެއްޓުނު އެ އިމާރާތުގައި މީގެ ހަތަރު ދުވަސް ކުރީން ވެސް ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 9:13 ހާއިރު ހިނގި އެ ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާއިން ލިފްޓް ބޭނުންކޮށްގެން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައި ލިފްޓު ކޭބަލް ކަނޑައިގެން ގޮސްގެން ނެވެ.

އެ ހާދިސާގައި ވެސް ބިދޭސީއަކަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©