ނަސްވާ ހަސަން
11 July 2019
މަޤްބޫލު ޙަބަރު

2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި އަނިޔާވެރިކޮށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ތާވަލްކޮށްފައި ވަނީ މި އަޑުއެހުން ކުރިއަށް ގެންދާނީ މިއަދު މެންދުރުފަހު 1:30 ގައި ކަމަށެވެ.

ޔާމީން މަރާލި މައްސަލާގައި ހަ މީހަކަށް ދައުލަތުން ދައުވާ ކުރެ އެވެ. އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހަސަން ޒިޔާދެވެ. ހަ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޔާމީންގެ މައްސަލަ ކުރިން ބެއްލެވީ ގާޒީ އިބްރާހިމް އަލީ ނަމަވެސް މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ރަޝީދު ހުސައިންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©