ނަސްވާ ހަސަން
11 July 2019
މަޤްބޫލު ޙަބަރު

ކ. ދިއްފުށީގެ ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި ދަރިފުޅަށް ވަޅިން ބިރުދައްކާ އާއިލާ މީހުންނަށް ތޫނު އެއްޗަކުން ހަމަލާދީ ބިރުދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕަގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތު ޖަހައިދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކ ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅައި ތަނެއްގައި 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރު ދީފައި ކަމަށެވެ.

އެ މައްސަލައިގައ ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.\

ފުލުހުން ބުނީ، ހޯމަ ދުވަހެއްގެ ވަގުތުގައި ހިނގި ހަމަނުޖެހުމެއްގައި އަމިއްލަ ދަރިފުޅަށާއި، އާއިލާ މީހުންނަށް ތޫނު އެއްޗަކުން ހަމަލާދީ ބިރުދެއްކި ކަމަށެވެ.

އެ ހާދިސާގެ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަނީ ކުޑަ ކުއްޖެއްގެ ކޮޑަށް އަތް ވައްޓާލައިގެން ފިރިހެނަކު އިންނަ ތަނެވެ. އަދި އެ ފިރިހެން މީހާގެ އަތުގައި ބޮޑު ވަޅިއެއް އޮންނަތަން ފެނެ އެވެ.

އެ މައްސަލައާ ގުޅިގެން އެކަން ހިނގި ކައުންސިލުން “ހަފްތާ”އަށް ބުނީ، އެއީ އިއްޔެ ހިނގި ހާދިސާއެއް ކަމަށެވެ. އަދި އާންމުވެފައިވާ ފޮޓޯތަކުގައި އިން ކުޑަ ކުއްޖަކީ ވަޅި ހިފައިގެން ހުރި ފިރިހެން މީހާގެ ދަރިއެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

މިކަކުގެ އިތުރު ތަފްސީލެއް އަދި ހާމަ ނުކުރާއިރު، ޖެންޑާއާއި ފުލުހުން ގުޅިގެން އެ މައްސަލަ ދަނީ ތަހުގިގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©