ނަސްވާ ހަސަން
11 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތެއް މިއަދު ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވީ ނަމަވެސް އެމަނިކުފާނު ހާޒިރުވާން އެންގީ ޝަރީއަތުގެ އަޑު އެހުމަކަށް ނޫން ކަމަށާއި އެއީ އިދާރީ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރަށްވެސް ޗިޓް ފޮނުވައިފަ އެވެ. އެގޮތުން އިދިކޮޅު މައި ލީޑަރު ރައީސް ޔާމީންގެ އަޑުއެހުން މިއަދު ހެނދުނު 11:30 އަށް ތާވަލްކޮށްފައިވާއިރު އާޒިމާ އަޑުއެހުން އޮތީ މިއަދު ހެނދުނު 9:30 އަށެވެ.

ނަމަވެސް ޝަރީޢަތުގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓް ކުރަން ދިއުމުން ކުރިމިނަލް ކޯޓުން ވިދާޅުވީ އެ ދެ ބޭފުޅުންވެސް ކޯޓަށް ހާޒިރު ކުރަނީ އިދާރީ ބޭނުމަކަށް ކަމަށެވެ.

ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން މަނީ ލޯންޑްރިން ކުރިމަކުގެ ތުހުމަތުގަ އެވެ.

އާޒިމާއަށް މިއަދު ވަނީ ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަވާލުކޮށްފަ އެވެ. އެގޮތުން އާޒިމާއަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ދެން ފެށޭނެ އެވެ. އާޒިމާގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©