ނަސްވާ ހަސަން
11 July 2019
މަޤްބޫލު ޙަބަރު

ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅިގެން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން ނިންމައިފައިވާ ރެލީ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

އުމަރު އިސްކޮށް ހުންނަވައި ބާއްވާ އެ ޖަލްސާ ބޭއްވުމަށް ފުރަތަމަ ނިންމާފައިވަނީ މިރެއަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން މިއަދު އުމަރު އަށް ފޮނުވި ސިޓީގައި ވިދާޅުވީ، އެ ސަރަހައްދު ބޭނުން ކުރަން މީގެ ކުރިން އެހެން ބަޔަކަށް ހުއްދަ ދީފައިވާތީ، އަންނަ ބުރާސްފަތި ދުވަހު އެ ސަރަހައްދުގައި ބަލްސާ ބޭއްވުމަށް ހުއްދަ ދީފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް ބޭސްފަރުވާއަކަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ނުވަ އަހަރާއި ހަ މަހާއި 23 ދުވަހު ފިލައިގެން އުޅުމަށްފަހު އޭނާ ރާއްޖެ ގެނައީ އިއްޔެ ރޭ 9:31 ހާއިރު އެވެ.

އަދި މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެން ލުތުފީ ވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ހަވާލުވެފައި އެވެ.

ނަމަވެސް ލުތުފީ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވިކަން ދިވެހި ސަރުކާރުން ހާމަކުރީ އޭގެ 54 ދުވަސް ފަހުންނެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެމްބަސީގައި ލުތުފީ އަށް ދެމުންދިޔައީ ވީއައިޕީ ހިދުމަތްތަކެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. ނަމަވެސް ސަރުކާރުން ބުނަމުންދިޔައީ ލުތުފީ ރާއްޖެ ގެންނަން ލަސްވެފައި ވަނީ ލަންކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަތައް ނުލިބިގެން ކަމަށާއި ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©