ނަސްވާ ހަސަން
11 July 2019
މަޤްބޫލު ޙަބަރު

މާލޭގެ ގެއެއްގެ ހަތަރުވަނަ ބުރީޣޭ ވައިގޮޅިން ވެއްޓި ސީރިއަށް އަނިޔާތަކެއް ލިބުނު އަންހެންމީހާ ނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، އެ ހާދިސާ ހިނގީ ރޭ ދަންވަރު 1:30 ހާއިރު މާފަންނު ގެއަކުން ކަމަށެވެ. އަދި ފުލުހުންނަށް ރިޕޯޓް ލިބުމާއިއެކު އެ އަންހެންމީހާ ވައިގޮޅިން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށެވެ.

އުމުރުން 70 އަހަރުގެ އެ އަންހެންމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ވެއްޓުމުގެ ސަބަބުން އެ އަންހެންމީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ދިއުމުގެ އިތުރުން ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މީހާ ވެއްޓުނު ގޮތް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©