މުޙައްމަދު އިބްރާހިމް
12 July 2019
މަޤްބޫލު ޙަބަރު

މާފުށީ ޖަލުން ރޭ ދަންވަރު ފިލައިގެން ދިޔަ ގައިދީއަކު ކަނޑުމަތިން ހިފަހައްޓައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ، ރޭ ދަންވަރު ފިލާފައިވަނީ ޖަލުގެ މެޑިކަލް ސެންޓަރުގައި ހުރި ގައިދީއެއް ކަމަށެވެ.

އޭނާ ހޯދާފައިވަނީ މިއަދު ހެނދުނު 6:55 ހާއިރު ކެނޯއެއްގައި ފަލި ޖަހާފައި ދަނިކޮށް މާފުއްޓާ ދުރުނޫން ހިސާބަކުން ކަމަށް މައުލޫމާތު ދެ އެވެ. ފިލި ގައިދީ މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

ކަރެކްޝަންސް އިން ބުނީ، އޭނާ ހޯދުމުގެ މަސައްކަތުގައި އެ ސާވިސަސް އިން ކުރި މަސައްކަތުގައި ފުލުހުންގެ އިތުރުން މާފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©