މުޙައްމަދު އީމާން
12 July 2019
މަޤްބޫލު ޙަބަރު

ލ. އަތޮޅުގެ ރައްޔިތުންގެ އެ އެދުމުގެ މަތީން ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ލ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް މައުމޫން ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅަކީ މީގެ އަށް މަސް ކުރީން، އެމަނިކުފާނަށް އިއްވި ޖަލު ހުކުމުން މިނިވަންވެވަޑައިގެން ފަހުން އަތޮޅު ތެރޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް މައުމޫންގެ ދަތުރުފުޅާ ގުޅޭގޮތުން ރައީސް މައުމޫންގެ އެމްއާރުއެމް ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު ނާދިރާ ވިދާޅުވީ، ލ. އަތޮޅުގެ ރައްޔިތުންނަކީ ރައީސް މައުމޫން ޖަލަށް ލެވުނު ދުވަހުން ފެށިގެން ވެސް އެކަމާ ދެކޮޅަށް މަސައްކަތް ކުރެއްވި ރައްޔިތުންތަކެއް ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ރައީސް މައުމޫނާއި އެ ރައްޔިތުންނާ ގާތް ގުޅުމެއް އުފެދިފައިވާ، މި ދަތުރުފުޅަކީ އެ ރައްޔިތުން އެމަނިކުފާނާ ބައްދަލުކޮށްލަވަން ބޭނުންފުޅުވާތީ އެކަމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ނާދިރާ ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©