މުޙައްމަދު އީމާން
12 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން ސިޔާސީ މަސައްކަތަށް ނުކުތުމަކީ މި ސަރުކާރަށް ހަޖަމުކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ

ޕީޕީއެމާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޔާމީނަކީ ރާއްޖޭގައި އެންމެ ތާއީދު ބޮޑު ލީޑަރު ކަމަށެވެ.

ޔާމީންއާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދައްކަވަނީ އމނިކުފާނު ކުރެއްވި މަސައްކަތާއި ކައިރިއަށް ވެސް ކަމެއް ނުކުރެވުމުން ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމުށް ކަމަށް އޭނާ ވިދާޅުވިއެވެ.

“ރައީސް ޔާމީން އާއްމުންގެ ތެރެއަށް ނިކުމެ ނުވަތަ ރަށްރަށަށް ވަޑައިގެން ސިޔާސީ މަސައްކަތް ފެއްޓެވުން ވެގެންދާނީ ސަރުކާރަށް އެއްގޮތަކަށް ވެސް ހަޖަމު ނުކުރެވޭނެ ކަމަކަށް. އެކަން ހުއްޓުވުމަށްޓަކާ މި ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ” އަދުރޭ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©