ނަސްވާ ހަސަން
13 July 2019
މަޤްބޫލު ޙަބަރު

ތަރައްގީގެ މަޝްރޫއުތައް ބައްލަވައިލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އައްޑު އާއި ފުވައްމުލަކަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މިއަދު ހަވީރާ ހަމައަށް، އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ބެއްލެވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި ހުޅުމީދޫގެ މަގުހަދާ ސަރަހައްދާއި އައްޑޫ ކޮންވެންޝަން ސެންޓަރުގައި ގާއިމްކުރާ އާ ހޮސްޕިޓަލް އަދި އައްޑޫ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ނައިބު ރައީސް ބައްލަވާނެ އެވެ.

އަދި ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު ބައްލަވާލައްވާ ލެއްވުމުގެ އިތުރުން ފުވައްމުލަކު ސިޓީގެ ހާލަތު އޮޅުން ފިލުވުމަށް ކައުންސިލްގެ ބޭފުޅުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރުމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©