ނަސްވާ ހަސަން
13 July 2019
މަޤްބޫލު ޙަބަރު

ބާ ކައުންސިލު އިންތިހާބުގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށް އެބަދެ އެވެ.

މާލެއާއި އައްޑޫ ސިޓީގައި ބާ ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދަނީ، މާލޭގައި ބަހައްޓާފައި ވަނީ ދެ ވޯޓު ފޮށި އަދި އައްޑޫ ގައި އެއް ފޮށްޓެވެ. 23 ވަކީލުން މި އިންތިހާބުގައި ވާދަކުރާއިރު، ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ  1،487 ވަކީލުންނަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ބާ ކައުންސިލްގެ އިންތިހާބުގެ ރައީސް ކަމަށް ދެ މެމްބަރަކު އަދި ނައިބު ރައީސް ކަމަށް ވެސް ދެ މެމްބަރަކު ކުރިމަތިލައިފަވާ ކަމަށެވެ.

ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި މައުމޫން ހަމީދެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

އޭގެ އިތުރުން އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް ވަނީ 19 ވަކީލަކު ކުރިމަތިލައްވާފަ އެވެ. ނަމަވެސް އެކޮމިޓީއަށް ކުރިމަތިލެއްވި އެއް ބޭފުޅެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑަސީ ވަނީ އިއްޔެ ބާތިލު ކޮށްފައެވެ.

އިންތިހާބުގެ ވޯޓުލުން ނިމުމުން، މިއަދު ވަގުތީ ނަތީޖާ ހާމަކުރާނެއެވެ. އަދި ރަސްމީ ނަތީޖާ ހާމަކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©