ނަސްވާ ހަސަން
13 July 2019
މަޤްބޫލު ޙަބަރު

އުތުރުގެ އަތޮޅެއްގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، 12 އަހަރުގެ ކުޑަކުއްޖަކާ ޖިންސީ ގޯނާކުރާ ކަމުގެ ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 23:35 އެހާކަން ހާއިރު ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ އިއްޔެ ކަމަށާއި އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ، އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©