ނަސްވާ ހަސަން
13 July 2019
މަޤްބޫލު ޙަބަރު

މާފައްނުގައި ހުންނަ އިމާރާތެއްގެ ބެލްކަނީއިން ބައެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ، މާފަންނުގެ އިމާރާތެއްގެ ބެލްކަނީއިން ބައެއް މަގުމައްޗަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 00:50 އެހާކަންހާއިރު ކަމަށެވެ.

ރޭގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި މަގުމައްޗަށް ވެއްޓިފައި އޮތީ ބެލްކަނީގެ ތިރީގެ ކޮންކްރީޓެވެ. އެ

ފުލުހުނީ ބުނީ، އެ ހާދިސާ ހިނގި ސަރަހައްދަށް ގޮސް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެމައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ހަފްތާތަކެއް ކުރިންވެސް މާލޭގެ ބާ އިމާރާތެއްގެ ބެލްކަނީއެއް މަގުމައްޗަށް ވެއްޓި، އެ އިމާރާތުގެ ތިރީގައި ތިބި ފަސް މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©