ނަސްވާ ހަސަން
14 July 2019
މަޤްބޫލު ޙަބަރު

އަހަރީ ފީ ނުދައްކައިގެން 1597 ކުންފުންޏެއް އުވާލުމަށް ނިންމާ އިކޮނޮމިކް މިނިސްޓްރީން ލިސްޓު އިއުލާންކޮށްފި އެވެ.

އެމިނިސްޓްރީން މި މަހުގެ 11 ވަނަ ދުވަހު އާންމުކޮށްފައިވާ ލިސްޓުގައި ބުނީ، އެ ކުންފުނިތަކަކީ 2002 ން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކައިފައި ނުވާ ކުންފުނިތަށް ކަމަށެވެ.

އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ބުނާގޮތުން އަހަރީ ފީ ނުދައްކައިފިނަމަ ކުންފުނި އުވައިލުމަކީ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލާޒިމް ކުރާ ކަމެއް ކަމަށާއި އެ ކުންފުނިތަށް އުވާލަން ނިންމީ އެގޮތުގެ މަތިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، ލިސްޓުގައި ހިމެނާފައިވާ ކުންފުނިތައް ހިންގަން ބޭނުންނަމަ، އަންނަ މަހުގެ ހަތަރެއްގެ ކުރިން އެ ކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށްފަހު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގާރާރެއް ފާސްކޮށް އެ މިނިސްޓްރީއަށް އެންގުމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©