ނަސްވާ ހަސަން
14 July 2019
މަޤްބޫލު ޙަބަރު
މީގެ ތިން މަސް ދުވަސް ކުރީން މާލޭން ގެއްލުނު ސައިކަލެއް މޫދު އަޑިން ފެނިއްޖެ އެވެ.
މާލޭ ނޯތް ހާބަރު މޫދު އަޑިން އެ ސައިކަލު ފެނިފައިވަނީ ރޭ 8:00 ހާއިރު ހާބަރުގައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު އެއްޗެއް ނަގަން ފުންމާލި މީހަކަށެވެ.
އަދި ފުލުހުންނަށް އެކަން ރިޕޯޓްކުރީ، އެ ސައިކަލު މޫދު އަޑިން ނެގުމަށްފަހު އެވެ.
ފުލުހުން ބުނީ، ބެލި ބެލުމުން އެއީ މިދިޔަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ ސައިކަލެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©