މުޙައްމަދު އީމާން
14 July 2019
މަޤްބޫލު ޙަބަރު

ބާ ކައުންސިލް އިންތިހާބުގެ ވޯޓު އަލުން ގުނަން ނިންމައިފި

ބާ ކައުންސިލް އިންތިހާބުގެ ވޯޓު އަލުން ގުނަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީން އެގޮތަށް ނިންމީ، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިހާބުވި މެންބަރަކާއި އޭނާއާ އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓާ ދެމެދުގައި އެއް ވޯޓުގެ ފަރަގު ހުރުމުގެ ސަބަބުން، އަލުން ގުނައިދޭން ހުށަހެޅި ޝަކުވާ އަކާ ގުޅިގެން ނެވެ.

ނަމަވެސް ޝަކުވާ ހުށަހެޅި ކޮން ކެންޑިޑޭޓެއް ކަމެއް އިލެކްޝަން އަކުން ނުބުނެ އެވެ.

ނަމަވެސް މާލެ އާއި އައްޑޫގައި އިއްޔެ ބޭއްވި ބާ ކައުންސިލުގެ އިންތިހާބުގައި އެ ކައުންސިލްގެ ހިންގާ ކޮމެޓީއަށް ހޮވިވަޑައިގެން ވަކީލާ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމް އާއި ވަކީލު އަބްދުލް މާނިއު ހުސައިންއާ ދެމެދު އޮތީ އެންމެ ވޯޓެއްގެ ފަރަގެވެ.

މާލެ އާއި އައްޑޫގައި އިއްޔެ ބޭއްވި ބާ ކައުންސިލުގެ އިންތިހާބުގައި ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ މައުމޫން ހަމީދެވެ. ނައިބް ރައީށްއަކަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމެޓީ:

1. މުހައްމަދު ފައިސަލް – 631 ވޯޓް

2. އަހްމަދު މުއިއްޒު – 627 ވޯޓް

3. އައިޝާ ޝުޖޫން މުހައްމަދު – 445 ވޯޓް

4. އަނަސް އަބްދުއްސައްތާރު – 361 ވޯޓް

5. މުހައްމަދު އަސީލް ހަސަން – 356 ވޯޓް

6. އަނާރާ ނައީމް – 343 ވޯޓް

 ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.

Leave a Reply

Your email address will not be published.

haftha.mv ©