ނަސްވާ ހަސަން
14 July 2019
މަޤްބޫލު ޙަބަރު

މާލޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށް، ފޮށި ހެދި ފިރިހެން މީހާއަށް ދައުވާ ކުރަން ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފިރިހެން މީހާގެ ދައުވާ ކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް އެދުނީ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހަކުގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން ނުވަތަ އުނދަގޫވެ ބިރު ގަންނަން ޖެހޭ ކަހަލަ ކަމެއް ކުރުމުގެ ދައުވާއެވެ.

އެ އަންހެންމީހާ ވަނީ މަގުމަތިން ފޮށުނު 56 އަހަރުގެ މީހާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ފުރައްސާރަތައް ކުރިމަތިވި އަންހެންމީހާ ބުނެފައިވާ ގޮތުގައި އޭޑީކޭއާ ހިސާބުން ހުތުރު ބަހުން މުއާމަލާތުކޮށް، ފޮށެމުން ޗާންދަނީ މަގުގައި ހުންނަ ސްކޫޕާ ހަމައަށް ސައިކަލްގައި އެ ފިރިހެންމީހާ ދުއްވި ކަމަށެވެ.

އެ ވީޑިއޯ އާންމުވުމާއިއެކު، އޭނާގެ ފަރާތުން އެހެން އަންހެނުންނަށް ވެސް ފުރައްސާރަކޮށްފައިވާ ކަމުގެ ވާހަކަތައް އާއްމުވެފައިވާތީ، ފުލުހުން ވަނީ ފިރިހެންމީހާގެ ފަރާތުން ފުރައްސާރައިގެ އަމަލެއް ހިިގާފައިވާނަމަ އެ މައުލޫމާތު ހިއްސާކޮށްދޭން އެދިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©