Fri, 28 February, 2020, 4:55 am
މި ފޭސް މާސްކުތަކުން މޫނު މަތި ތާޒާކޮށްދީ ކުރަކިވުން ދުރުކޮށްދޭ

މޫނުމަތި ވީހާ ވެސް ސާފުކޮށް އޮމާންކޮށް ބެހެއްޓުމަށް އެންމެން ވެސް ބޭނުންވެ އެވެ. ނަމަވެސް ގައިން ފެން މަދުވެ، ގިނަ ވަގުތު އަވީގައި އުޅެން ޖެހުމުން، މޫނު މަތި ކުރަކިވެ، އަބަދު ހުންނަނީ ހަން ފޮޅިފަ އެވެ. އެގޮތުން ކޮންމެ ކަހަލަ ހަންގަޑަކާއި ވެސް ގުޅޭ މި ފޭސް މާސްކް ތަކުން ހަމުގެ ކުރަކިކަން ދުރުކޮށްދޭނެ އެވެ.

ފުރަތަމަ ފޭސް މާސްކް ތައްޔާރުކޮށްލަށް ބޭނުންވަނީ، އޯޓްސް، މާމުއި އަދި ކުޑަ ކިރު ކޮޅެ ކެވެ. ތިން މޭޒުމަތީ ސަމުސާ އޯޓްސް އާއި 1 މޭޒުމަތީ ސަމުސާ ކިރު އެއްކޮށް ގަށާލުމަށްފަހު މޭޒުމަތީ ސަމުސާލެއްގެ މާމުއި އަޅާ އެއްކޮށްލާ ށެވެ. ރީއްޗަށް އޮލަވުމުން، މޫނުގައި އުނގުޅާފައި 20 މިނެޓް ބަހައްޓާލާ ށެވެ. އެއަށްފަހު ސާފު ފެނުން މޫނު ދޮވެލާ ށެވެ. މިއީ މޫނުމަތީގަ ހުންނަ ބިހިތައް ވެސް ފިލުވައިދޭ މާސްކެކެވެ.

ދެވަނަ ޕޭސްޓް ތައްޔާރު ކޮށްލުމަށް ބޭނުންވަނީ 12 މޭބިސްކަދުރު އަދި 1 މޭޒުމަތީ ސަމުސާ ފުށެވެ. ފުރަތަމަ މޭބިސްކަދުރުތައް މިކްސްޗަރުން ފުޑާލާ ށެވެ. އެއަށްފަހު އޭގެ ތެރެއަށް ފުށް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު 15 މިނެޓް ވަންދެން މޫނުގައި އުގުޅާފައި ބަހައްޓާ ށެވެ. އަދި ހިކުމުން ސްކަބް އެއްގޮތައް، މޫނު އުނގުޅަމުން ފެނުން ދޮވެލާ ށެވެ. މި މާސްކު އެޅުމުން މޫނުގައި ހުންނަ މަރުވެފައި ހުންނަ ހަންތައް ނެއްޓި، އެކަމުން އެދެވޭ ނަތީޖާއެއް ލިބެއެވެ.

ތިންވަނަ މާސްކް ތައްޔާރު ކޮށްލުމަށް، 1 މޭޒުމަތީ ސަމުސާ ޔީސްޓް، 1 މޭޒުމަތީ ސަމުސާ މާމުއި އަދި 1/4 ޖޯޑު ހޫނު ކިރު ބޭނުންވާނެ އެވެ. ހުރިހާ އެއްޗެއް ބުލެންޑަރަށް އަޅާ އެއްކޮށްލުމަށް ފަހު އުނގުޅާ ށެވެ. އަދި 15 މިނެޓް ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާ ށެވެ. ޔީސްޓުގައި ހިމެނޭ މިނެރަލްސް އާއި ވިޓަމިންސް އަދި ސެލެނިއަމްގެ ސަބަބުން މުޅި ދުވަހު މޫނުް ތާޒާކަންމަތީ ބަހައްޓައިދެ އެވެ.

Leave a comment

Your email address will not be published.