މުޙައްމަދު އިބްރާހިމް
16 July 2019
މަޤްބޫލު ޙަބަރު

މާލެ ސަރަހައްދުގެ ތިން ތަނެއްގައި ވެންޑިން މެޝިން ބަހައްޓައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިއުލާން ކޮށްފި އެވެ.

ޕޯޓްސް ލިމިޓެޑުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވެންޑިން މެޝިން ބަހައްޓަން ބޭނުންވަނީ މާލޭ ބަސް ޓާމިނަލް އާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް އަދި ޕޯޓް ބިލްޑިންގުގައި ކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ ބުދަ ދުވަހުގެ 15:00 ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ބުނެފައިވެ އެވެ.

ވެންޑިންގ މެޝިނަކީ ލުއިކާނާ އާއި ފިނި ބުއިންތައް ލިބޭ، އަދި އަމިއްލައަށް އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވާ މެޝިނެކެވެ. މި މެޝިނުން ތަކެތި ލިބޭނީ މެޝިނަށް އެމީހަކު ބޭނުންވާ ލުއި ކާނާއަކާއި ފިނި ބުއިމަކަށްވާ ފައިސާ ދެއްކުމުންނެވެ.

މީގެ ކުރިން ރާއްޖޭގައި އަމިއްލަ ފަރާތަކުން މާލޭގެ އެކި ހިސާބުތަކުގައި ވެންޑިން މެޝިން ބެހެއްޓި އެވެ. ނަމަވެސް މެޝިންތަކަށް ގެއްލުން ދޭން ފެށުމުން ނެގީ އެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ހައުސިން މިނިސްޓްރީން ވެސް މާލޭގެ ދެ ސަރަހައްދެއްގައި ވެންޑިން މެޝިން ބަހައްޓަން ނިންމައި އެކަމަށް އިއުލާން ކުރި އެވެ. އޭރު ބަހައްޓަން ނިންމީ ޤައުމީ ދާރުލްއާސާރު ކަންމަތީގައި ތަރައްގީކުރި މައިޒާނުގަ އާއި ސޯސަންގޭ ކައިރީގައި ހުންނަ މައިޒާނުގައެވެ.

އޭގެ ފަހުން ޕްލާސްޓިކް ފުޅި ރީސައިކަލްކުރާ ރިވާސް ވެންޑިން މެޝިނެއް ވެސް މާލެ އާއި ހުޅުމާލޭގައި ބެހެއްޓި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©