Fri, 17 January, 2020, 11:57 pm
28 ޖުލައި އާއި 15 އޮގަސްޓަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

މިމަހުގެ 28 ވަނަ ދުވަހާއި އަންނަ މަހުގެ 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ދެ ދުވަސް ބަންދު ކުރަން ރައީސް ސޯލިހު ނިންމެވީ މިނިވަން ދުވަހާއި ބޮޑު އީދާ ގުޅިގެން ކަމަށެވެ.

މިގޮތަށް ސަރުކާރުން ނިންމެވުން އަންނަ ހަފްތާގެ ހުކުރު ދުވަހު ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު މުވައްޒަފުންނަށް ހަފްތާ ބަންދު ފިޔަވައި، އިތުރު އެއް ދުވަސް ބަންދުގެ ގޮތުގައި ލިބޭނެ އެވެ. އެއީ 28 އޮގަސްޓް ވަނީ އާދީއްތަ ދުވަހަކަށް ވާތީ އެވެ.

މީގެ އިތުރުން 15 އޮގަސްޓަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން މިއަދު ކަނޑައެޅުމުން، އީދު ބަންދުގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް ނުވަ ދުވަސް ލިބޭނެ އެވެ. އެއީ ހަފްތާ ބަންދު ދުވަސްތައް ލައިގެން ނެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހެވެ. އެހެންކަމުން ބޮޑު އީދު ކުރިއަށްދާނީ 11 އިން 14 އަށެވެ.

Leave a comment

Your email address will not be published.