Taj Exotica kairi ah dinghy eh bandun jahaalaiffi
މުޙައްމަދު އިބްރާހިމް
11 August 2019
މަޤްބޫލު ޙަބަރު

ތާޖް އެގްޒޯޓިކާ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ބަންޑުން ޖަހާލައިފައިވަނީ ތިން މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ކަމަށާއި އެ ތިން މީހުން ވެސް ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކަނޑުވެފައި ތިއްބާ އެމީހުންނަށް ފެނިފައިވަނީ ތާޖް އެގްޒޯޓިކާއަށް ދިޔަ ލޯންޗަކަށް ކަމަށެވެ. އަދި އެ ލޯންޗަށް އެމީހުން ނެގި ކަމަށާއި އެ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެހެން ކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©