Sat, 18 January, 2020, 1:02 am
މިނާއަށް ގެއްލުނު ދިވެހި ތިން ހައްޖުވެރިއަކު ފެެނިިއްްޖެެ

މިނާއަށް މިއަދު ދިވެހި ތިން ހައްޖުވެރިއަކު ގެއްލުނު ކަމަށާއި ނަމަވެސް އެ ހައްޖުވެރިން މިހާރު ފެނިފައިވާ ކަމަށް ދިވެހި ހައްޖު މިޝަން އިން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ ތިން ހައްޖުވެރިއަކު ގެއްލުނުކަން ހައްޖު މިޝަނުން ހާމަކޮށްފައެއްނުވެ އެވެ.

ނަމަވެސް ހައްޖު މިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ޖަމްރާއަށް ހިލައުކަން ދިޔައިރު އެ ތިން ހައްޖުވެރިން ގެއްލިފައިވާކަން މިޝަންއަށް އެނގުމާއެކު ކުރެވުނު މަސައްކަތުން މިހާރު ފެނިފައިވާ ކަމަށެވެ.

އަދި މިއަދު އިރު އޮއްސުމުގެ ކުރިން އެ ތިން ހައްޖުވެރިންގެ ހިލަ އުކާފައިވާ ކަމަށް ބުނެފައިވެ އެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށްވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއަށް ޖަމާވެފައިވާއިރު ރާއްޖޭގެ ހައްޖު ކޯޕަރޭޝަނާއެކު ހަ ހަމާއަތެއްގެ ހަަވާލުގައި 2000 މީހުން ހައްޖަށް ގޮސްފައިވެ އެވެ.

Leave a comment

Your email address will not be published.