މުޙައްމަދު އިބްރާހިމް
11 August 2019
މަޤްބޫލު ޙަބަރު

ވިލިމާލެ ބީޗް ސަރަހައްދުން ކެނޯއެއްގައި ކަނޑަށް ނުކުތް ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ، ހޯދަމުންދަނީ މިއަދު ހަވީރު 5:00 އެހާކަންހާއިރު ވިލިމާލެ ބީޗް ސަރަހައްދުން ކެނޯއެއްގައި ނުކުތް 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހުން ކަނޑަށް ނުކުމެފައިވަނީ އޮރެންޖު ކުލައިގެ ކެނޯއެއްގައި ކަމަށެވެ.

އަދި މެރިން ޕޮލިހާއި ކޯސްޓްގާޑު ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންް ބުނެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވެ ކަނޑުތައް ވެސް ގަދަ ވަމުން އަންނައިރު، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުނ ްނެވެ.

އެގޮތުން ތިން މީހުންނާއެކު ނުކުތް ޑިންގީއެއް އެނބޫދޫ ފިނޮޅު ކައިރިއަށް ވަނީ ބަންޑުން ޖަހާލައިފައި އެވެ. ނަމަވެސް އެމީހުން ކަނޑުވެފައި ތިއްބާ ތާޖް އެގްޒޯޓިކާ އަށް ދިޔަ ލޯންޗަކަށް ފެނިގެން އެ މީހުން ވަނީ ސަލާމަތް ކޮށްފ ައެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ހާލުގައި ޖެހުމުން އެމީހުންނަށް ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©