މުޙައްމަދު އިބްރާހިމް
11 August 2019
މަޤްބޫލު ޙަބަރު

ވިލިމާލެ ބީޗް ސަރަހައްދުން ކެނޯއެއްގައި ކަނޑަށް ނުކުތް ދެ މީހުން ހޯދަން ނައިޓް ވިޝަން ކެމެރާއިން ކަނޑުގެ އަޑި ބަލަން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިއަދު ހަވީރު 5:00 އެހާކަންހާއިރު ވިލިމާލެ ބީޗް ސަރަހައްދުން ކެނޯއެއްގައި ނުކުތް ގޮތަށް ހޯދަމުންދަނީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނާގޮތުގައި އެމީހުން ކަނޑަށް ނުކުމެފައިވަނީ އޮރެންޖު ކުލައިގެ ކެނޯއެއްގައެވެ.

އެމްއެންޑީއެފުން ބުނީ، އެ ދެ މީހުން ހޯދުމަށް ކޯސްޓްގާޑު ސްކޮޑްރަން ގެ ފާސްޓާ އިންޓަސެޕްޓަރ ކްރާފްޓް ހަރަކާތް ތެރިވަމުން އަންނަ ކަމަށެވެ.

އަދި ދެ މީހުން ހޯދުމަށް ކޯސްޓް ގާޑު ލޯންޗުގެ ނައިޓް ވިޝަން ކެމެރާ ބޭނުން ކޮށްގެން ކަނޑުގެ އަޑި ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©