Sat, 18 January, 2020, 1:02 am
ސްނޯކްލިންއަށް ދިޔަ ދެމަފިރިއަަކު ގެއްލިގެން ހޯދަނީ

ސްނޯކްލިންގ އަށް ދިޔަ ދެމަފިރިޔަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްޑީއެފްއިން ބުނީ އއ. މޫފިށި ކައިރިއަށް ސްނޯކްލިންއަށް ފައިބައިގެން އުޅުނު ފަތުރުވެރި ދެމަފިރިންގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ސިފައިން ހަރަކާތްރެތިވަމުންދާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެންއެންޑީއެފްގެ ކޯސްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ލިބިފައިވަނީ މިއަދު 11:19 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމެއްގެ ދެމަފިރިންނެއް ކަމެއް އެމްއެންޑީއެފުން ނުބުނެއެވެ.

ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ވޭތުވެދިޔަ ދެދުވަހު ކަނޑުމަތީގެ 12 ހާދިސާއެއް ހިގާފައިވާކަމަށް އެމްއެންޑީއެފް އިންވަނީ ބުނެފައެވެ.

ކަނޑު މަތީގެ ޙާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 919 އަށް އެންގުމަށްވެސް އެމްއެންޑިއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a comment

Your email address will not be published.