މުޙައްމަދު އިބްރާހިމް
13 August 2019
މަޤްބޫލު ޙަބަރު

އއ. އަތޮޅުގައި އޮންނަ ކޮންސްޓެންސް މޫފުށި ރިސޯޓް ފަޅުތެރެއަށް ސްނޯކްލިން ކުރަން ފޭބި ގޮތަށް ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެ ފަތުރުވެރިން ސްނޯކްލިން ނިންމާފައިވާ އެނބުރި ރިސޯޓަށް އަރައި ތިއްބާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ޖަރުމަންވިލާތުގެ ދެމަފިރިން އަމިއްލައަށް ރިސޯޓަށް އަރާފައިވާ ކަމަށާއި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ރިސޯޓުން އަންގާފައިވާ ކަމަށެވެ.

އަދި ދެ ފަތުރުވެރިން ގެއްލިގެން ރިޕޯޓް ކުރެވުނީ ރިސޯޓްގެ މުވައްޒަފުންނަށް އެރި އޮޅުމަކުން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނީ، މޫފުށި ރިސޯޓުން ދެ ފަތުރުވެރިއަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކުރީ މިއަދު 11:19 ގައި ކަމަށެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން، ސްނޯކްލިންއަށް ގޮސް އުޅޭ އުޅުމުގައި ގެނބިގެން މަރުވުމުގެ ގިނަ ހާދިސާތަކެއް މީގެ ކުރީން ހިނގާފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©