މުޙައްމަދު އިބްރާހިމް
14 August 2019
މަޤްބޫލު ޙަބަރު

މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ހުއްޓާ ސްޓްރޯކެއް ޖެހިގެން ކޯމާއަކަށްދިޔަ ހައްޖުވެރިޔާ ނިޔާވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން މިނާ އަލްވާދީ ހޮސްޕިޓަލުގެ ކޯމާއަކަށް ގޮސްފައިވަނީ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މުހައްމަދު، 38 އެވެ.

ސީމާ ނިޔާވިކަން ހައްޖުވެރިޔާގެ ފިރިމީހާގެ ފަރާތު އާއިލާ މީހަކު “ހަފްތާ”އަށް މިރޭ ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ސީމާ މިއަދު ނިޔާވިއިރު، އޭނާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ކުޑަ ތިން ކުދިން ހުންނަ ސީމާ މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔައީ ފިރިމީހާއާއެކުއެވެ. އަދި މިއީ އޭނާ ހައްޖުގެ އަޅުކަން އަދާކުރަންދިޔަ ފުރަތަމަ ފަހަރު ކަމަށް އާއިލާއިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©