މުޙައްމަދު އިބްރާހިމް
18 August 2019
މަޤްބޫލު ޙަބަރު

ވައިގެ މަގުން އިއްޔެ ރާއްޖެ އެތެރެ ކުރަން އުޅުނު ދެ މިލިއަނެއްހާ ރުފިޔާގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެތަކެތި އަތުލައިގަތީ އިއްޔެ އިންޑިއާގެ ޓްރިވެންޑްރަމް އިން ރާއްޖެ އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.

އޭނާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި އޭގެ ތެރެއިން 1.1 ކިލޯގެ ހެރޮއިން އާއި 0.3 ކިލޯގެ ކޮކެއިން ކަމަށް ބެލެވޭ ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އަތުލައިގެން މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނީ 1.43 ކިލޯއެވެ. އަދި އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.93 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ސާވިސް އިން ލަފާކުރެއެވެ.

ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނެއްހާ ރުފިޔާގެ ޑުރަގްސް އިއްޔެ އަތުލައިގެންއިރު، މިދިޔަ ހުކުރު ދުވަހު ސްރީ ލަންކާއިން ރާއްޖެ އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖުންވަނީ ހެރޮއިން ފެނިފައެވެ.

އަތުލައިގެން ތަކެތީގެ ޖުމްލަ ބަރުދަނުގައި 1.52 ކިލޯ ހުރިއިރު އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©