މުޙައްމަދު އިބްރާހިމް
10 September 2019
މަޤްބޫލު ޙަބަރު

ޓުވިޓަރުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔަމުންދިޔަ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ދީނަށް ފުރައްސާރަކޮށްފައި ސޯޝަލް މީޑިއާގައި ލިޔާ މައްސަލައަކާ ގުޅިގެން ގދ. ތިނަދޫ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޓުވިޓަރުގައި ދީނަށް ފުރައްސާރަ ކުރަމުންދިޔަ މީހާ ވަނީ، އޭނާގެ ޓުވިޓަރު އެކައުންޓުގައި އިސްލާމްދީނާއި ކީރިތި ޤުރުއާންގެ އިތުރުން ކީރިތި ނަބިއްޔާ މުހައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް އަށް ވެސް ފުރައްސާރަ ކޮށްފައިވެއެވެ.

އަދި މުސްލިމުންނަކީ ޖާހިލުން ކަމަށް ތަކުރާރުކޮށް ބުނެފައިވާއިރު، އޭނާ ވަނީ ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ގިނަ ޓުވީޓްތަކެއް ކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©