Sat, 25 January, 2020, 9:42 am
Photo: PSM
ހަތިޔާރާއެކު ސިފައިން ވެސް މާލޭގައި އޮޕަރޭޝަނެއް ހިންގަނީ

ހަތިޔާރު އެޅި ސިފައިންނާއެކު ގައުމީ ދިފާއީ ބާރުން މާލޭގައި އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް ވިދާޅުވީ، އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

ހަތިޔާރާއެކު ސިފައިން މާލޭގައި އޮޕަރޭޝަނެއް ފެށިއިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަންގެ އެދުމަކަށް މިއަދު ހަވީރުން ފެށިގެން ފުލުހުން ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ފުލުހުން ބުނާ ގޮތުގައި، މާލެ އާއި އައްޑޫ ސިޓީގެ ތަންތަނާއި މީހުން ބަލައި ފާސްކުރަނީ ރިޔާސީ ކޮމިޝަންގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒު ކުރުމަށް ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަންގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

Leave a comment

Your email address will not be published.