Sat, 25 January, 2020, 10:19 am
ކަރުނައިން ކިޔައިދޭ ވާހަކަ؛ 6 އަހަރުގެ ކުއްޖަކަށް ކާފަ ކުރި ޖިންސީ ފުރައްސާރަ

އަބަދުވެސް އަހަރެމެން ގާތު، ބޭރަށް ގޮސް އުޅޭއިރު ސަމާލުވެ އުޅުމަށް މައިންބަފައިން ނަސޭހަތްތެެރިވެއެވެ. ނުދަންނަ މީހެއްގެ ކިބައިން ދިމާވެދާނެ ނުރަައްކަލަކަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެއެވެ. ނަމަވެސް އެ ނުރައްކަލަކީ ތިމާގެ އަމިއްލަ ގޭތެރެއިންވެސް ދިމާވެދާނެ ކަމެއް ކަމަށް ގިނަ ފަހަރު ވިސްނުމުގައި ނުހުރެއެވެ.

އެމެރިކާގެ މޭންލީގައި އުމުރުން އެންމެ 6 އަހަރުގެ ކުއްޖަކަށް ދިމާވި ހިތްދަތި ވާހަކައަކީ މިއަދު މީސްމީޑިޔާގައި ވަކި ހިތްޕާލި ވާހަކައެކެވެ.

އުމުރުން އެންމެ 6 އަހަރުގެ ޖޭނަސް އޭނާގެ އޭނާގެ ކާފައާއެކު ވަގުތު ހޭދަކުރަނީ އެހެންވެސް އެއުމުރުގެ ކުދިންނެކޭ އެއްފަދައިން،، ކާފައާއެކު މަޖާކޮށްލާށެވެ. ނަމަވެސް އޭނާގެ ކާފަ، ޖޭނަސްއާމެދު އަމަލު ކުރީ ކާފަ ދަރިއަކާއެކު އިންސާނަކު އަމަލު ކުރާނެ އެންމެ ދަށު ދަރަޖައަށެވެ.

އުމުރުން އެންމެ 6 އަހަރުގެ ޖޭނަސް ކޯޓުގައިވަނީ އޭނާގެ ކާފަ އޭނައަށްކުރި ޖިންސީ އަނިޔާ ކިޔާދީފައެވެ. އަތްލި ތަންތަނާ ކުރި ކަންތައް ކިޔާދީފައެވެ. ޖޭނަސްގެ ކާފަ އޭނާ ކައިރީ ބުނެފައި އޮންނަނީ އެވާހަކަ ނުދެއްކުމަށެވެ. ނަމަވެސް އެ ތުއްތު ކުއްޖާއަށް ކުރިމަތިވި ކަންތަކުގެ ވާހަކަ އެންމެފަހުން ދެއްކީ ކުރިމަތިވި ވޭނަށް ކެތް ނުކުރުވުންނެވެ.

ރޭޕްގެ ޝިކާރައަކަށް މިފަހަރުވެސް ވެފައިވަނީ އުމުރުން އެންމެ 6 އަހަރުގެ ކުއްޖެކެވެ. އަމިއްލަ ގޭގައެވެ. މިފަދަ ވާހަކަ ދައްކަން ޖެހެއެވެ. މިކަންތައް ހުއްޓުވުމަށެވެ. ކުއްޖާ ކުރެން މިފަދަ ކަންކަން ވޭތޯ އަހަން ޖެހެއެވެ.

Leave a comment

Your email address will not be published.