މިންހަތް މުހައްމަދު
11 September 2019
މަޤްބޫލު ޙަބަރު

އިރާންގައި ފުޓް ބޯޅަ މެޗެއް ބަލަން ދިއުމުން 6 މަހުގެ ޖަލު ހުކުމެއް ކުރުމުން، އަމިއްލައަށް އަލިފާންޖެހި އަންހެން މީހާ މަރުވެއްޖެއެވެ.

ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޯޓުގެ ބޭރުގައި، އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ގޮތުން އަލިފާން ޖެހި މީހާ މަރުވެފައިވަނީ އަލިފާނުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންނެވެ. އުމުރުން 29 އަހަރުގެ ކަޔާޒް ޝަހޯދީގެ ގައިގައި އަމިއްލައަށް އަލިފާން ޖެހުމާއެކު، އޭނާވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ، ނަމަވެސް އޭރު ހަށިގަނޑުވަނީ 90 އިންސައްތަވަނީ ފިހިފައެވެ.

6 މަސް ދުވަހުގެ ޖަލު ހުކުމެއް ކަޔާޒްގެ މައްޗަށް އިއްވާފައިވަނީ، އިރާންގެ ސްޓޭޑިއަމްއެއްގައި ކުޅުނު މެޗަކަށް ފިރިހެނަކަށް ވެގެން ވަތް މައްސަލައިގައެވެ. އޭނާގެ މައްޗަށްކޮށްފައިވަނީ ޖިންސު އޮޅުވާލުމުގެ ދަޢުވާއާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުގެ ކުށުގެ ދަޢުވާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©