މުޙައްމަދު އިބްރާހިމް
11 September 2019
މަޤްބޫލު ޙަބަރު

ހަތިޔާރާއެކު މާލޭގެ މަގުތަކުގައި ސިފައިން ހަރަކާތްތެރިވަމުން ދަނީ ސިފައިން ކުރިއަށް ގެންދާ ވަކި އޮޕަރޭޝަނެއްގައި ނޫން ކަމަށާ ސިފައިން ނުކުމެ އުޅެނީ ފުލުހުން ހިންގާ އޮޕަރޭޝަނަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށް އޮންލައިން މީޑިޔާއެއް ކަމަށްވާ “އަވަސް” އިން ރިޕޯޓްކޮށްފިއެވެ.

މަރުތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފުލުހުން މިއަދު ވެސް ދަނީ ގޭގެ އާއި ތަންތަން ބަލައި ފާސް ކުރަމުންނެވެ. މީގެ އިތުރުން ރޭވެސް ފުލުހުންވަނީ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުން ރޭ ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި މާލޭ ސިޓީއާއި އައްޑޫ ސިޓީގެ ބައެއް ގޭގެއާ ތަންތަން ބެލި އެވެ. ރޭ މާލޭގެ އަށް ގެއަކާއި އައްޑޫގެ ގެއެއް ބަލާ ފާސް ކުރި އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©